އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު، މައްކާއަށް ފުރި އިމާމުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން: ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމުންގެ ފުރަތަމަ ޓީމު ތަމްރީނަށް މައްކާއަށް ފުރައިފި

އިމާމުންގެ ފުރަތަމަ ޓީމު ތަމްރީނަށް މައްކާއަށް ފުރައިފި

ރާއްޖޭގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ރާއްޖެއިން ބޭރުގައި ތަމްރީނު ކުރަން ނިންމާފައިވާ އިމާމުންގެ ފުރަތަމަ ޓީމު މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ މައްކާއަށް ފުރައިފިއެވެ.

މައްކާއަށް ފުރި އިމާމުންގެ ތެރެއިން ބަޔެއް އިމާމުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މައްކާއަށް ފުރި އިމާމުންގެ ތެރެއިން ބަޔެއް އިމާމުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމުންގެ ފުރަތަމަ ބެޗު މައްކާއަަށް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓަރ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ވަނީ އެ އިމާމުންނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ބެޗު މައްކާއަށް މިއަދު ފުރިއިރު، ދެވަނަ ބެޗުވެސް ކުރިއަށް އޮތް ރަމަޞާން މަހަށް ފަހު މައްކާއަށް ފުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *