ރާއްޖޭގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ރާއްޖެއިން ބޭރުގައި ތަމްރީނު ކުރަން ނިންމާފައިވާ އިމާމުންގެ ފުރަތަމަ ޓީމު މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ މައްކާއަށް ފުރައިފިއެވެ.
އިމާމުންގެ ފުރަތަމަ ބެޗު މައްކާއަަށް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓަރ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ވަނީ އެ އިމާމުންނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ބެޗު މައްކާއަށް މިއަދު ފުރިއިރު، ދެވަނަ ބެޗުވެސް ކުރިއަށް އޮތް ރަމަޞާން މަހަށް ފަހު މައްކާއަށް ފުރާނެ ކަމަށެވެ.