ފަލާހު ޔާމީނަށް: އެމެރިކާއިން އެ ގެންނަ ބޭސް މިހާރު ނުގެންނަންތޯ؟

ފަލާހު ޔާމީނަށް: އެމެރިކާއިން އެ ގެންނަ ބޭސް މިހާރު ނުގެންނަންތޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު އެމެރިކާއިން ގެންނަވާ ބޭސް ނުގެންނަވަނީތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެމަނިކުފާނަށް މަލާމާތާއި ފުރައްސާރައިގެ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސީދާ ރައީސް ޔާމީނަށް އަމާޒުކުރައްވައި ވިދާޅުވީ، "މުސްތަފާ ލާރިކޮޅެއް ބޭނުންވާއިރަށް މިކަހަލަ ބޯނުބައި ޚަބަރެއް ހިފައިގެން އެދަނީ. ތިގޮތަށް ވާހަކައިން 20 ވަނަ މަޖިލީސް ރޫޅަނިކޮށް ދައުރު މިއޮއް ނިމެނީ. ޔާމީނު މިހާރު އެމެރިކާއިން އެގެންނަ ބޭސް ނުގެންނަންދެއްތޯ،" މިހެންނެވެ.

ރައީސް ޔާމީނަށް އަމާޒުކުރައްވައި ފަލާހު ބޭހުގެ ވާހަކަ ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިތްހަމަނުޖެހުން އުފެދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ހިމޭން އިންގިލާބެއް ހިނގަމުންދާ ކަމަށާއި ސަރުކާރު ރޫޅެމުންދާ ކަމަށް ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

މީގެއިތުރުން ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އޮތީ ސާބިތުކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ވަރަށް ގަދަކޮށް ކަމަށެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 74 މެންބަރުންނަކީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *