ނަޝީދުގެ ކެމްޕޭނަށް ހުރަސްއެޅޭ ކަމަށް ބުނެ އިންތިހާބުގެ އިއުލާން ބާތިލު ކުރަން ކޯޓަށް

ނަޝީދުގެ ކެމްޕޭނަށް ހުރަސްއެޅޭ ކަމަށް ބުނެ އިންތިހާބުގެ އިއުލާން ބާތިލު ކުރަން ކޯޓަށް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އެ ޕާޓީން ނެރުނު ޓައިމްލައިން ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރެވެ. އޭނާއަކީ މި އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު މީޑިއާތަކަށް ފޮނުއްވި ބަޔާނެއްގައި ޝާއިރު ވިދާޅުވީ، ޓައިމްލައިންގައިވާ ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން، އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތަށް ހުރަސް އެޅޭ ކަމަށް ޝާއިރު ވިދާޅުވި އެވެ.

ޝާއިރުގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ޕާޓީގެ ގަވައިދުގެ 46 ވަނަ މާއްދާ ބުނާ ގޮތުން ޗެއާޕާސަންގެ އިންތިހާބުގެ ކަންތައްތައް ހިންގަން ޖެހެނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސެވެ. ނަމަވެސް، އެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިހާބު އިއުލާންކޮށްފައިވަނީ އޭނާއަށް ކުރިން ނޭންގެވިކަމަށެވެ. އެހެންކަމުން، އެ އިއުލާން ބާތިލް ކަމަށް ކަނޑައަޅައިދޭން ކޯޓަށް ހުށަހެޅިފައިވެ އެވެ.

އެމްޑީޕީން ނެރުނު އިއުލާނުުގައިވާ ގޮތުން، ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 12 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު (ވާޑު) އާއި، ގަލޮޅު ދެކޮޅު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. ތިން ބޭފުޅުންވެސް ވަނީ މިހާރު ކެމްޕެއިން ފައްޓަވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *