ޝަރުތުހަމަވާ ހުރިހާ ބޭރު މީހުން ރާއްޖެ ގެނެސް ދިވެހި ރައްޔިތުކަން ދޭންވީ: ނަޝީދު

ޝަރުތުހަމަވާ ހުރިހާ ބޭރު މީހުން ރާއްޖެ ގެނެސް ދިވެހި ރައްޔިތުކަން ދޭންވީ: ނަޝީދު

ރާއްޖޭގެ ޤާނޫނު އަސާސީގައި ހިމެނޭ ޝަރުތުތައް ހަމަވާ ބޭރު ރައްޔިތުން ރާއްޖެ ގެނެސް ދިވެހި ރައްޔިތުކަން ދިނުމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ތ. ކިނބިދޫގައި ގޮވާލައްވައިފިއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރެއްވުމަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެއްސަކަށް ވުމުގެ ޝަރުތުތަކެއް ހުރޭތާ. އެ ޝަރުތުތައް ހަމަވާ، ބޭރު މީހުން ރާއްޖެ ގެންނަންވީ ނުން ހަމަ ދިވެހި ރައްޔިތުކަން ދީފަ." ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ، 1953 ވަނަ އަހަރުގެ ރެފިއުޖީ ކޮންވެންޝަންގައި ރާއްޖެ ބައިވެރިވެއްޖެ ނަމަ، ކިނބިދޫ ފަދަ ކައުންސިލްތަކަށް ބޭނުންވާ އިންޖިނިއަރުންނާއި ޓީޗަރުންނާއި ޑޮކްޓަރުން، ޝަރުތު ހަމަވާ ބޭރު ރައްޔިތުންގެ ތެރެއިން ގެނެވިދާނެ ކަމަށެވެ.

މި ގޮތުން، ފަލަސްތީނު ފަދަ ގައުމުތަކުގައި ވަންނާނެ ތަނެއް ނެތި ތިބި ތަޢުލީމީ ހުނަރުވެރި ބޭރު ރައްޔިތުން ރާއްޖެ ގެނައުން ނަޝީދު ސިފަ ކުރެއްވީ ރާއްޖެ ތަރައްޤީ ކުރެވޭނެ މަގެއްގެ ގޮތުގައެވެ.

"އޮސްޓްރޭލިއާއިން 2009 ވަނަ އަހަރު ބުނީ 5 މިލިއަން މީހުން އިތުރަށް ގެންނަން ބޭނުމޭ. ހަމަކޮށްފި 2-3 އަހަރު ތެރޭގައި. އެއީ އޭޝިއާގައި ތިބި މޮޅެތި މީހުން ނަގައިގެން ގެންގޮސް." ރައީސް ނަޝީދު

ނަޝީދަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ބޭފުޅެކެވެ. ނަޝީދު ވިދާޅުވީ ފަލަސްތީނު ފަދަ މެދުއިރުމަތީގެ ގައުމުތަކުގައި ވަންނާނެ ތަނެއް ނެތިފައި ތިބި މޮޅެތި މީހުންގެ އާއިލާތައް އެބަ ތިބި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *