ރޯދަ ހަދިޔާއަށްދޭ މަސްދަޅު ކޭސް ހޮނިހިރު ދުވަހު ބަހަން ފަށަނީ

ރޯދަ ހަދިޔާއަށްދޭ މަސްދަޅު ކޭސް ހޮނިހިރު ދުވަހު ބަހަން ފަށަނީ

ކޮންމެ ރަމަޞާން މަހަކަށް ހާއްސަ ކޮށްގެން، ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކަމާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ދަޅުކޭސް ބެހުމުގެ އިންތިޒާމުތަކުގެ ތެރެއިން، ރޯދަ ހަދިޔާ ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00ން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ބެހުމުގެ ކަންކަން ފަށާނެ ކަމަށާއި، ރަށްރަށުގައި ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް އޮވެ މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގައި މަސްދަޅު ކޭސް ބަހާނީ ކޮންމެ ފެން މީޓަރަކަށް ކޭހެއްގެ އުސޫލުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ރޯދަ މަހަށް ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. އެއީ އަތޮޅު ތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ. ހުރިހާ ގޭބިސީއަކަށްވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެއެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *