މިއަދަކީ އަބުޠާލުންގެ ޖިހާދުން ހިތްވަރުލިބި، އެއްބައިވަންތަކަމަށް ބާރު އެޅުން މުހިންމު ދުވަހެއް: ޝާހިދު

މިއަދަކީ އަބުޠާލުންގެ ޖިހާދުން ހިތްވަރުލިބި، އެއްބައިވަންތަކަމަށް ބާރު އެޅުން މުހިންމު ދުވަހެއް: ޝާހިދު

ޝަހީދުންގެ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރާއިރު، މިއަދުގެ ހަނދާންތަކާއި ގުޅުވައި، އެ އަބުޠާލުންގެ މަތިވެރި ޖިހާދުން ހިތްވަރު ލިބިގަތުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތައް ވަރުގަދަ ކުރުމަށް ބާރުއެޅުމަކީ މުހިންމު ކަމެއް ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހާއި ގުޅުވައި ޝާހިދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ފަސްގަނޑުގެ ދިފާއުގައި ލެޔާއި ފުރާނައިން ޤުރުބާންވި އެންމެހާ އަބުޠާލުންނަށް މާތް ﷲ ގެ ހެޔޮރަޙްމަތާއި، ފުއްސެވުމާއި، ދިންނެވުން މިންވަރު ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޝަހީދުންގެ ދުވަހުގެ އިޚުލާސްތެރި ހެޔޮއެދުންތައް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުން ދަނީ ކޮންމެ އަހަރަކުވެސް ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ. އެއީ އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. އަލިރަސްގެފާނު ޝަހީދުވިތާ މިއަދު މި ފުރުނީ 482 ވަނަ އަހަރެވެ. އަލިރަސްގެފާނު ޝަހީދުވެވަޑައިގެންފައިވަނީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހުގައެވެ. އެ ރަސްގެފާނުގެ ޒިޔާރަތް ހުންނަނީ މާފަންނު ކޮޅުގައެވެ.

އަލިރަސްގެފާނު ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ ހިޖުރައިން 965 ވަނަ އަހަރުގައެވެ. އެ ރަސްގެފާނު ރަސްކަން ކުރައްވާފައިވަނީ ދެ މަހާއި 15 ދުވަހަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *