އަޒީބެ، މީގެ ދެދުވަސް ކުރިން އުމްރާވެރިންނާއެކު މައްކާގައި

ޝައިޚް އަޒީބެއަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗުގައި ފަރުވާދެނީ، އެދެނީ ހެޔޮ ދުޢާ

ޝައިޚް އަޒީބެއަށް ސްޓްރޯކެއްޖެހި އައިޖީއެމްއެޗުގައި ފަރުވާދެނީ، އެދެނީ ހެޔޮ ދުޢާ

މަޝްހޫރު ދީނީ ޢިލްމްވެރިޔާ، ޝައިޚް އަބްދުލް އަޒީޒް ހުސައިން (އަޒީބެ)އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފިއެވެ.

އަޒީބެގެ ދަރިކަލެއް ކަމުގައިވާ އަހްމަދު ކުމައިލް، އޭނާގެ ފޭސްބުކްގައި ދާދިދެންމެއަކު ވިދާޅުވީ، ބައްޕާފުޅަށް ސްޓްރޯކެއްޖެހި ފަރުވާ ދެމުން އަންނަ ކަމަށާއި އެދެނީ ހެޔޮދުއާ ކޮށްދިނުމަށް ކަމަށެވެ. އަޒީބެއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައެވެ.

އަޒީބެ ވަނީ މިފަހަރުގެ ބޮޑު ޗުއްޓީގައިވެސް ޒަމްޒަމް ހައްޖު އެންޑް އުމްރާއަށް ރާއްޖެއިން ދިޔަ މީހުންގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި އުޅުއްވާފައެވެ. އުމްރާ ދަތުރުފުޅަށްފަހު އަޒީބެ ރާއްޖެ ވަޑައިގަތީ ވަރަށް ފަހުންނެވެ.

ޝައިޚް އަޒީބެއަކީ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. ދީނީ އިލްމް ފެތުރުއްވުމުގެ އިތުރުން، އަޒީބެ ވަނީ ކީރިިތި ޤުރުއާންއާބެހޭ ގައުމީ މަރުކަޒުގެ އެންމެ އިސްވެރިޔާކަންވެސް ކުރައްވާފައެވެ. އަޒީބެއަކީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *