އަލިރަސްގެފާނު ފަދަ ދަރިން ދިވެހި ޖީލުގެ ކަރާމާތް ދަމަހައްޓާނެ: ރައީސް

އަލިރަސްގެފާނު ފަދަ ދަރިން ދިވެހި ޖީލުގެ ކަރާމާތް ދަމަހައްޓާނެ: ރައީސް

ޝަހީދުންގެ ދުވަސް އެ ބޭފުޅަކަށްޓަކައި ޚާއްސަ ކުރެވިފައިވާ އަލިރަސްގެފާނު ފަދަ ދިވެހި ދަރިން ދެންވެސް ދިވެހި ޖީލުގެ ކަރާމާތް ދަމަހައްޓާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގައި މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ދުޝްމަނުންގެ ކުރިމައްޗަށް އަލިރަސްގެފާނު ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމައަށް ކުރެއްވި ހިތްވަރު ތާއަބަދަށް މި ގައުމުގައި އާލާވެފައި ހުންނާނެ ކަމަށެވެ. އަދި އެފަދަ ދިވެހި ދަރިން ގައުމުގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށެވެ.

"މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގައުމު ދެމިއޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުން ދަނީ ކޮންމެ އަހަރަކުވެސް ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ. އެއީ އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. އަލިރަސްގެފާނު ޝަހީދުވިތާ މިއަދު މި ފުރުނީ 482 ވަނަ އަހަރެވެ. އަލިރަސްގެފާނު ޝަހީދުވެވަޑައިގެންފައިވަނީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހުގައެވެ. އެ ރަސްގެފާނުގެ ޒިޔާރަތް ހުންނަނީ މާފަންނު ކޮޅުގައެވެ.

އަލިރަސްގެފާނު ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ ހިޖުރައިން 965 ވަނަ އަހަރުގައެވެ. އެ ރަސްގެފާނު ރަސްކަން ކުރައްވާފައިވަނީ ދެ މަހާއި 15 ދުވަހަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *