އަށް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލި އަމުރު ބާތިލްކޮށްފި

އަށް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލި އަމުރު ބާތިލްކޮށްފި

އަށް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލައަކީ އިބްރާހީމް ހާނިފު ކިޔާ މީހަކު އެކި ދުވަސް މަތިނ،ް އޭނާގެ އަންހެނުންގެ އާއިލާގެ ކުއްޖެއް ކަމަށްވާ އަށް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއެވެ.

އެ ކުއްޖާއަށް ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާ ހައްޔަރުކުރީ 12 ނޮވެންބަރު 2024 ގައެވެ.

ޝަރީއަތުގެ މަރުޙަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓައި ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މެޖިސްޓްރޭޓް ކޯޓުގައި އެދުނެވެ.

ނަމަވެސް އެކޯޓުން އޭނާގެ ބަންދުގައި ބަހައްޓަން އަމުރުކުރީ 30 ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް އެ 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަ ވާތ،ީ އަނެއްކާވެސް އިތުރު 30 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އެދި ޕީޖީ އޮފީހުން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.

އޭނާގެ މައްޗަށް ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލަން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން އެ މައްސަަލަ ހައިކޯޓަށް ހުށަހެޅުމުން، އޭނާ ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލް ކުރިއެވެ. މީގެ އިތުރުނ،ް އިބްރާހީމް ހާނިފުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ވެސް އެންގިއެވެ.

އެހެންކަމުން ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަނެއްކާވެސް އަމުރުކުރިއެވެ.

އޭނާއަށް ކުރާ ދައުވާގެ މައްސަލަ ހިންގުމުގައި ލަސްވާކަން ފާހަގަކޮށ،ް ކޯޓުގެ ސާވާ ސިސްޓަމަށް ދިމާވެފައިވާމައްސަލައެއްގެ ސަބަބުން ޝަރީއަތް ހިންގުމަށް ދަތިވެފައިވާތ،ީ އެކަން ހައްއްލުކޮށް ޝަރީއަތްހިންގޭގޮތް މެދުވެރިވަންދެން ނަމަވެސ،ް އޭނާގެ ބަންދަށް ލުޔެއް ލިބޭނެ ގޮތްހަމަޖައްސައިދިނުމަށް އެދި އިބްރާހީމް ހާނިފުގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަގު ދަށުކޯޓަށް ސިޓީއެއް ހުށަހެޅިއެވެ.

އެ ހުށަހެޅުމާ ގުޅިގެނ،ް ޝަރުތުކޮށް ވަގުތީގޮތުން ބަންދަށް ލުއިދީ އިބްރާހިމް ހަނީފް ދޫކޮށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު މެޖިސްޓްރޭޓް ކޯޓުުން އަމުރުކުރިއެވެ. އެ ނިންމުންވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މި މައްސަލައިގައި އިއްޔެ ހައިކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ބާތިލް އަމުރެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *