ހައްޔަރުކުރި ހަތަރު މީހުން. ފޮޓޯ: ފުލުހުންގެ އިދާރާ

އެމްޕީއެލް ޓަވަރުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދަމުންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފި

އެމްޕީއެލް ޓަވަރުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދަމުންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ ހައްޔަރުކުރި ހަތަރު މީހުންގެ ފޮޓޯވެސް އާންމުކޮށްފައެވެ. ފުލުހުން ބުނީ، ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ / ބިލާލުގެ، ޝުނީނު އަންވަރު (24އ) އާއި ސ. ހިތަދޫ / ބްލޫކޯނަރ، ޙުސައިން ނާހީ ޖަމާލު (23އ) އާއި ގދ. ތިނަދޫ / ކުލުނު، އަލީ ސަރީޚު އަންވަރު (23އ) އާއި ސ. މީދޫ / ހުވަދުމާވިލާ، އަޙްމަދު ލުޖައިން (24އ) އެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތަރު މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *