ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނާއިބު ރައީސްއަށް ދައުވާކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނާއިބު ރައީސްއަށް ދައުވާކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނާއިބު ރައީސް ބ. ތުޅާދޫ، ހޭޒްލީން، މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި މިވަނީ، އެ ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައެވެ. ޕްރޮސެކިއުޓާ ޖެނެރަލް  އޮފީހުން ބުނީ ފަޒީންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އެވެ.

ފަޒީން ބްރޯޑްކޮމްގެ މެންބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 2021 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަންކުރީ 19 ޖެނުއައީ 2023 ގައެވެ. ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން 2025 އަހަރުގެ މާޗް މަހުގެ 17 ވަަނަ ދުވަހު އޭނާ އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ކޮމިޝަނުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވަނިކޮށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *