ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ޑީޕޯޓް ކޮށްލަނީ

ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ޑީޕޯޓް ކޮށްލަނީ

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަން ނިންމައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފަސް ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މާލޭގައި ބަނގުރާ އުފައްދާ ގެންގުޅެ އަދި ބޭނުންކޮށް، ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މިމަހުގެ 5 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ، މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ނޭޕާލަށް ނިސްބަތްވާ ޑިއު ކުމަރް މެޔޮންގްބައާއި، ސުމަން އަދިކަރިއާއި، ރާމްޖި ޕަރިޔަރްއާއި ބިކްރަމް ނެޕަލީގެ އިތުރުން ބަންގްލަދޭޝަށް ނިސްބަތްވާ މޮޒައްމެލް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ޑީޕޯޓް ކުރުމަށްޓަކައި މިހާރު މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *