ހިޔާނާތާއި މަނީލޯންޑަރިންގެ އިތުރު ދައުވާތަކެެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ބައްސާމުގެ މައްޗަށް މިހާރު ވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އޭގެ އިތުރުން ބައްސާމުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފަންޑުގެ، 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގައެވެ.
މި މައްސަލަތަކުގައި ދައުލަތުން ދައުވާކުރީ ބައްސާމްއެ ފައިސާ ބޭނުން ކޮށްފައިވަނީ އަމީން އެވެނިއުގެ ދެ ޕެންޓްހައުސް ގަތުމުން ކަމަށް ދައުވާގައި ވެއެވެ. އެކަން ކޮށްފައި ވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމީންއަށް ޖަމާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
މި ދެ ދައުވާ ސާބިތުވާކަމަށް މިއަދު ކޯޓުން ކަނޑައެޅި ނަމަވެސް ހުކުމް އިއްވައިފައެއްނުވެއެވެ. މި ދެ މައްސަލައިގެ ހުކުމް އިއްވުން ވަނީ އެހެން ދުވަހަކަށް ތާވަލް ކޮށްފައެވެ




