ކުރީގެ ޑައިރެކްޓަރ ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކުރީގެ ޑައިރެކްޓަރ ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ކަމަށްވާ އަބްދުލްފައްތާޙު ކުއްލި ގޮތަކަށް މިރޭ ނިޔާ ވެއްޖެއެވެ.

ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން އިތުރު ފަރުވާއަށް ހއ. ދިއްދޫއަށް ގެންގޮސް އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފިލްމީ ދާއިރާއިން ރިޓަޔަރ ކުރުމަށްފަހު ފައްތާޙު ވަނީ އޭނާގެ އުފަން ރަށް ކަމުގައިވާ ހއ. ކެލައަށް ބަދަލުވެފައެވެ. އެއަށްފަހު އޭނާ ދިޔައީ އެރަށުގައި ރެސްޓޯރެންޓްގެ ވިޔަފާރި ކުރަމުންނެވެ. ފައްތާހު ނިޔާވިއިރު އޭނާ ދިޔައީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ތައްޔާރު ވަމުންނެވެ.

ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާން ފައްތާހަށް ވަނީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްވެސް ލިބިފައެވެ. އަދި އޭނާ ދިޔައީ ކައުންސިލް އިންތިޚާބަށް ކެމްޕޭންވެސް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *