އެކަނިވެރި މައިންނާއި ބަފައިންނަށް ގިނަވެގެން ލިބޭނީ 12،000 ރުފިޔާ ކަމަށް ހަދައިފި

އެކަނިވެރި މައިންނާއި ބަފައިންނަށް ގިނަވެގެން ލިބޭނީ 12،000 ރުފިޔާ ކަމަށް ހަދައިފި

ކައިވެނި ރޫޅާލުމަށްފަހު ދަރިން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުންދޭ އެލަވަންސްއަކީ މަހަކު 12 ރުފިޔާ ކަމަށް ހަދައި އެންސްޕާއިން ގަވައިދު އިސްލާހު ކޮށްފިއެވެ.

މިހާރު ގަވައިދުގައިވާ ގޮތުން އެފަދަ ފަރާތްތަކަށް މާލީ އެހީ ދޫކުރާނީ 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާ އެވެ. ގަވާއިދު އިސްލާހުކޮށް ވަނީ އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ އަދަދަކީ 12،000 ރުފިޔާ ކަމަށެވެ. ގަވައިދުގައިވާ ގޮތުން އަހަރަކު އެކަނިވެރި މަޔަކަށް ނުވަތަ ބަފަޔަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000 ރުފިޔާއެވެ.

އެންސްޕާއިން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން މި ގަވައިދަށް އަމަލު ކުރާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *