ދަރިވަރުން ބޮޑު ޗުއްޓީއަށް، ދެން ސްކޫލްތައް ހުޅުވޭނީ ޖެނުއަރީ 27 ގައި

ދަރިވަރުން ބޮޑު ޗުއްޓީއަށް، ދެން ސްކޫލްތައް ހުޅުވޭނީ ޖެނުއަރީ 27 ގައި

މި އަހަރުގެ ތައުލީ އަހަރު ނިމި، ރާއްޖޭގެ ސްކޫލްތައް މިއަދު ބޮޑު ޗުއްޓީއަށް ބަންދު ވެއްޖެއެވެ.

މި އަހަރުގެ ރިޕޯޓް ފޯމު ދަރިވަރުންނަށް ހަވާލުކޮށް މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން މި އަހަރަށް ބަންދުވާއިރު، ދެން ތައުލީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންކަމުން ދަރިވަރުންނަށް މަސް ދުވަހުގެ ބޮޑު ޗުއްޓީއެއް މިއަދުން ފެށިގެން ލިބޭނެއެވެ.

ރާއްޖޭގައި އާންމުކޮށް ބޮޑު ޗުއްޓީ ފަށައި އުޅުނީ ޑިސެމްބަރު މަހުގައެވެ. ނަމަވެސް ފާއިތުވީ ހަތަރު އަހަރު ބޮޑު ޗުއްޓީ ފަށާ މަސް އޮތީ ބަދަލުވެފައެވެ. އެހެންވެ އަލުން ޑިސެމްބަރުގައި ބޮޑު ޗުއްޓީ މިފެށުނީ ހަތަރު އަހަރު ފަހުންނެވެ. ބޮޑު ޗުއްޓީ ފަށާ މަހާމެދު ގިނަ ބެލެނިވެރިންގެ މެދުގައި އަބަދުވެސް ޚިޔާލު ތަފާތުވުންތައް އޮވެއެވެ. އެއްބަޔަކަށް ބޮޑު ޗުއްޓީއަށް ރަނގަޅީ ޑިސެމްބަރެވެ. އަނެއް ބަޔަކަށް ޑިސެމްބަރު މަހަކީ ބޮޑު ޗުއްޓީއަށް ރަނގަޅު މަހެއްނޫނެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިމުނުއިރު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 84 ހާސް ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދިޔައެވެ. އަދި 6،516 ދިވެހި މުދައްރިސުންނާއި 1،843 ބިދޭސީ މުދައްރިސުން ކިޔަވައިދެމުން ދިޔައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *