ދުވާފަރުން ޑްރަގާއެކު 5 މީހުން ހައްޔަރު ކޮށްފި

ދުވާފަރުން ޑްރަގާއެކު 5 މީހުން ހައްޔަރު ކޮށްފި

ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ.. މި އޮޕަރޭޝަންގައި، ދޯންޏެއް ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ރ. ދުވާފަރު / ލިލީމާގެ، މުޙައްމަދު ޝައްފާން (29އ) އާއި ރ. ދުވާފަރު / ސައިޑްރިވަރ، އަޙްމަދު ޢާޞިމް (38އ) އާއި ރ. ދުވާފަރު / ޗަމްޕާގެ، އަޙްމަދު ސާއިފް ޢަބްދުއްޝުކޫރު (28އ) އާއި ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ، ސިޔާމް މުޙައްމަދު  (34އ) އަދި ޅ. ނައިފަރު / ސަބީނާ، މުޙައްމަދު ސަޢީދު (43 އ) އެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ޢާޞިމް 10 ދުވަހަށް އަދި ދެންތިބި ހަތަރު މީހުންވެސް 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *