މިހާރު މިދަނީ ރަސްގެފާނުގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ކަމެއް ކޮށްދެއްވާ ހިސާބަށް ފަހަތަށް: ޔާމީން

މިހާރު މިދަނީ ރަސްގެފާނުގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ކަމެއް ކޮށްދެއްވާ ހިސާބަށް ފަހަތަށް: ޔާމީން

ރައްޔިތުންނަށް ކޮންމެހެން ސަރުކާރުން ކޮށްދޭންޖެހޭ ކަންކަންވެސް މިހާރު މިދަނީ "ރަސްގެފާނުގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާ ހިސާބަށް" ފަހަތަށް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ކޮށްފި ކަމަށެވެ. އަދި ދައްކަން އުޅެނީ ވެރިންގެ "ހެޔޮފުޅުކަމުން" ރައްޔިތުންނަށް ކަންކަން ކޮށްދޭކަން ކަމުގައިވެސް ޔާމީން ވިދާޅުވިއެވެ.

"މިދަނީ އަޅުގަނޑުމެން މި ތަނުގައި ޝާހީ ވެރިކަން އޮތްއިރު، ރަސްގެފާނުގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާ ހިސާބަށް. އަޅުގަނޑުމެން މި ފަހަތަށް ސޮއްސާލީ. ޑިމޮކްރަސީގައި މި ދިޔައީ ފަހަތަށް. ތިރީސް، ސާޅީސް އަހަރު ފަހަތަށް މިދިޔައީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް  ޑޮލަރު ހޯދައިދިނުންވެސް އެއީ ރައީސް ޑރ. މުއިއްޒާ ގާތްގުޅުން އޮންނަ ފަރާތްތަކުން ކޮށްދޭ ކަމަށް މިހާރު ވެފައިވާ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައިވެސް ޔާމީން ވަނީ މި ސަރުކާރުގެ އެކިއެކި ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *