އެންމެ ބޮޑު އަމާޒަކީ މަސްވެރިންގެ އާއިލާތަކަށް ލިބޭ އާންމުދަނީ އިތުރު ކޮށްދިނުން: ރައީސް

އެންމެ ބޮޑު އަމާޒަކީ މަސްވެރިންގެ އާއިލާތަކަށް ލިބޭ އާންމުދަނީ އިތުރު ކޮށްދިނުން: ރައީސް

މަސްވެރިންނާއި ގުޅޭގޮތުން، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިންގެ އާއިލާތަކަށް މިހާރު ލިބެމުންދާ އާންމުދަނީ އިތުރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

މަސްވެރިންގެ ހައްގުތައް ހޯދުމަށް އިއްޔެއިން ފެށިގެން މަސްވެރިން އިހުތިޖާޖު ކުރަމުންދާއިރު، މަސްވެރިންގެ ދުވަހާއި ގުޅުވައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅި ލާމެހިފައި ކަމަށް ވިދާޅުވެ، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާ ގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރު ކުރުން ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކޮށް މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ވެސް އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *