ވެލިދޫ ކައިރީ އޮންނަ ރިސޯޓުތަކުގެ މުވައްޒަފުން މިނަރަލް ވޯޓަރ ފުޅީގައި ރަށަށް ބަނގުރާ އެތެރެ ކުރާކަމުގެ ކަންބޮޑުވުން

ވެލިދޫ ކައިރީ އޮންނަ ރިސޯޓުތަކުގެ މުވައްޒަފުން މިނަރަލް ވޯޓަރ ފުޅީގައި ރަށަށް ބަނގުރާ އެތެރެ ކުރާކަމުގެ ކަންބޮޑުވުން

ނ. ވެލިދޫ ކައިރީގައި އޮންނަ ރިސޯޓު ތަކުގައި ވަޒީފާ އަދާކުރަމުން ގެންދާ ބަޔެއް މުވައްޒަފުން ދަނީ މިނަރަލް ވޯޓަރ ފުޅީގައި ވެލިދޫއަށް ބަނގުރާ އެތެރެ ކުރަމުންދާ ކަމުގެ ކަންބޮޑުވުން، އެ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރައްވައިފިއެވެ.

ސޯޝަލް މީޑިޔާގައި އައްބާސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނަރަލް ވޯޓަރ ފުޅީގައި ބަނގުރާ އެތެރެ ކުރަމުން ދިއުމުގެ ކަންބޮޑުވުން ވެލިދޫ ރައްޔިތުންގެ މެދުގައިވެސް މިހާރު ބޮޑުވެފައިވާ ކަމަށެވެ.

"ނ.ވެލިދޫ ކައިރި ރިސޯޓުތަކުގެ ވަޒީފާ އަދާ ކުރާ ބައެއް މުއައްޒަފުން މިނަރަލް ވޯޓަރ ފުޅިއަށް އަޅައިގެން ރިސޯޓު މެނޭޖުމަންޓަށް ވަގަށް ބަގުރާ ގެންނަކަން ފާހަގަ ކުރެވި ރައްޔިތުންގެ ޝަކުވާ ވަރަށްބޮޑުވެފައި ވަނީ." އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން އެގޮތަށް ކުރަމުންދާ މީހުންގެ ނިޔަތަކީ، ވެލިދޫގެ ޒުވާނުން ރަށު ބަންދުގައި ބައިތިއްބައިގެން، ޒުވާނުންގެ މުސްތަގުބަލު ވެއްޔާ މޮޑެލުން ކަމަށެވެ.

"މިބައިމީހުންގެ މަކަރުވެރި ނިޔަތަކީ އެބައެއްގެ މަގުސަދު ހާސިލު ކުރުމަށް ރަށު ބަންދުގައި ވެލިދޫ ޒުވާނުން ބައިތިއްބައިގެން އެޒުވާނުންގެ މައިންބަފައިން ކުރަމުންދިޔާ އުންމީދުތަށް ކަފުންކޮށް ޒުވާނުންގެ މުސްތަޤުބަލް ވެއްޔާ މޮޑެލުން." އައްބާސް އޭނާގެ ކަންބޮޑުވުންތައް ޙިއްސާ ކުރައްވައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކަންބޮޑުވުން ތަކަކީ ތެދެއްކަން ބަޔެއް މީހުންނަށް އިހުސާސް ވާނީ "އެދުމަތިވެ ހާލުގައި ޖެހޭ ދުވަހަކުން" ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *