އައްޑޫން ޑްރަގުގެ ބޮޑުންތަކެއް ހައްޔަރު ކޮށްފި، އެމީހުންގެ އެކައުންޓުގައި 19 މިލިއަން ރުފިޔާ ދައުރުވެފައި

އައްޑޫން ޑްރަގުގެ ބޮޑުންތަކެއް ހައްޔަރު ކޮށްފި، އެމީހުންގެ އެކައުންޓުގައި 19 މިލިއަން ރުފިޔާ ދައުރުވެފައި

މަސްތުވާތަކެތީގެ ވިޔަފާރި އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި ކުރަމުންދިޔަ ނެޓްވޯކެއްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދިޔަ ބަޔަކު ފުލުހުން ހިންގި އޮަރޭޝަނެއްގައި ހައްޔަރު ކޮށްފިއެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ހާމަކުރެއްވީ ހޯމް މިނިސްޓަރ އަލީ އިހްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިހްސާން ވިދާޅުވީ، އެމީހުން ހައްޔަރު ކުރީ މިހާރު ކުރިއަށްދާ "އަލިމަގު" އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.

އިހްސާން ވިދާޅުވީ، އަތުލައިގެން މީހުންނަނީ 2017 އިން ފެށިގެން ޑްރަގުގެ ވިޔަފާރި ކުރަމުންދިޔަ ބަޔެއްކަން ފުލުހުންގެ ތަހުގީގުން އެނގުނު ކަމަށެވެ. އަދި އޭގެތެރެއިން އެންމެ އިސްކޮށް އުޅޭ ހަތަރު މީގެއްގެ އެކައުންޓުން 19 މިލިއަނަށްވުރެގިނަ ރުފިޔާ ދައުރު ކޮށްފައިވާކަންވެސް އެނގުނު ކަމަށެވެ. ނަމަވެސް އެއީ ކޮންބަޔެއްކަމެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ފުލުހުން މިހާރު ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *