ލަންކާއަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50 ހާސް ޑޮލަރު ހަވާލުކޮށްފި

ލަންކާއަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50 ހާސް ޑޮލަރު ހަވާލުކޮށްފި

އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާނުގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެހީތެރިވުމަށް ދިވެހި ސަރުކާރުން ލަންކާއަށް ދޭން ނިންމި 50 ހާސް ޑޮލަރު ލަންކާ ސަރުކާރާ ހަވާލު ކޮށްފިއެވެ.

މި ފައިސާ ލަންކާގެ ސަރުކާރާ ހަވާލު ކުރެއްވީ، އެ ގައުމުގެ ޚާރިޖިއްޔާގެ މައި އޮފީހުގައި އޮތް ބައްދަލުވުމެއްގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. މި ފައިސާގެ އެހީއާ ލަންކާ ސަރުކާރުން ހަވާލުވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއެވެ.

ރާއްޖެއިން ދިން 50 ހާސް ޑޮލަރުގެ އެހީއާއި ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ނާޒުކު ހާލަތުގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއީ، ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދިން ކަމެއް ކަމަށެވެ.

50 ހާސް ރުފިޔާގެ އިތުރުން 25 ހާސް މަސްދަޅުވެސް ދިވެހި ސަރުކާރުން ލަންކާއަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *