ގުޅީ ފަޅުން ދޫކުރި 2،319 ގޯތީގެ ރަސްޖިސްޓްރީ ހަވާލުކޮށްފި

ގުޅީ ފަޅުން ދޫކުރި 2،319 ގޯތީގެ ރަސްޖިސްޓްރީ ހަވާލުކޮށްފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ތެރެއިން ގުޅީ ފަޅުން ދޫކުރި ގޯތި ތަކުގެ ތެރެއިން ދެހާހަށްވުރެ ގޯތީގެ ރަސްޖިސްޓްރީ ހަވާލުކޮށްފިއެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުން ކުރިއަށްދާއިރު، މިހާތަނަށް ރަޖިސްޓްރީ ހަވާލުކުރި ގޯތީގެ އަދަދަކީ 2،319 އެވެ. ސަރުކާރުން ނިންމާފައި ވަނީ ގުޅި ފަޅުން 2,438 ގޯތި ދޫކުރުމަށެވެ. ގުޅީ ފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި ކުރީގެ ސަރުކާރުން ދޫކުރި ރަޖިސްޓްރީ މި ސަރުކާރުން ބާތިލުކޮށް އަލުން ދެނީ ރަޖިސްޓްރީ ދެމުންނެވެ. މި ސަރުކާރުން ބުނީ އޭރު ދޫކުރި ރަސްޖިސްޓްރީތައް ބަދަލުކުރީ ގޯތި ދިނުމުގެ އުސޫލުތަކާ ފުށުއެރުން ތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *