ޖުމްހޫރީީ ދުވަސް ފާހަގަ ކުރާއިރު އެންމެ އިސްކަންދޭންވީ ވެރިކަމުގެ އަސާސްތައް ނަގަހައްޓައި ދަމަހައްޓަން ކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖޭގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ތަހުނިޔާގެ މެސެޖެއްގައި ފައިސަލް ވިދާޅުވީ، މިފަދަ ދުވަހެއްގައި އެންމެ އިސްކަންދޭންވީ ކަންކަމުގެ ތެރޭގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބާއި، އަމާން ރައްކާތެރި ޖީލެއް ހޯދަން މަސައްކަތް ކުރަންވެސް ޖެހޭނެ ކަމަށެވެ.
"ޖުމްހޫރީ ދުވަސް ފާހަގަ ކުރާއިރު، އެންމެ އިސްކަމެއް ދޭންވާނީ، ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ނަގަހައްޓައި ދަމަހައްޓަން. އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމި ތިބެ، އަމާން އަދި ރައްކާތެރި ޖީލެއް ހޯދުމަށް މަސައްކަތް ކުރަން." ފައިސަލް ވިދާޅުވިއެވެ.
ފައިސަލްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އެދިވަޑައިގަންނަވަނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި އާރޯކާން މިންވަރު ކުރެއްވުން ކަމަށެވެ.
ޖުމްހޫރީ ދުވަހުގެ ގޮތުގައި ރާއްޖޭގައި އަބަދުވެސް ފާހަގަ ކުރަމުން އަންނަ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.




