ޕީއެންސީން ހުކުރު ދުވަހުގެ ރޭ ބޮޑު ޖަލްސާއަކަށް ތައްޔާރު ވަނީ، ދައުވަތު ކާޑު ހިފައިގެން މަގުމައްޗަށް

ޕީއެންސީން ހުކުރު ދުވަހުގެ ރޭ ބޮޑު ޖަލްސާއަކަށް ތައްޔާރު ވަނީ، ދައުވަތު ކާޑު ހިފައިގެން މަގުމައްޗަށް

އަންނަ ހުކުރު ދުވަހު ރޭ ބޮޑު ޖަލްސާއެއް ބާއްވަން ވެރިކަން ކުރާ ޕީއެންސީން ތައްޔާރު ވެއްޖެއެވެ.

މި ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ޖަލްސާއަށް ތައްޔާރު ވުމުގެ ގޮތުން އެ ޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު ފެށި ހަރަކާތުގައި ޕާޓީގެ އިސްބޭފުޅުންނާއި ސަޕޯޓަރުން ވެސް ބައިވެރި ވިއެވެ. އޭގެތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޕީޖީ ލީޑަރު އިބްރާހިމް ފަލާހުވެސް ހިމެނެއެވެ.

މިއަދު އޮތް ހަރަކާތުގައި ނިންމީ އާންމުކޮށް ދައުވަތު ކާޑު ބަހަށެވެ. އެގޮތުން ޕާޓީގެ މެމްބަރުން މަގު މައްޗަށް ނިކުމެ ދައުވަތު ކާޑު ދަނީ ބަހަމުން އެވެ.

މިއަދު އޮތް ހަރަކާތުގައި އަބްދުއްރަހީމް ވިދާޅުވީ ހުކުރު ދުވަހުގެރޭ އޮންނަ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވި ވާނެ ކަމަށެވެ. އެއީ ރައީސް މުއިޒުގެ ސިޔާސަތު ތަކާއި ރާއްޖެއަށް އަންނަ ތަރައްގީއާމެދު ހިތްހަމަ ޖެހިގެން ނުކުން މީހުން ކަމަށެވެ.

ޕީއެންސީން ބުނީ ސަރުކާރަށް ދެ އަހަރު ވުމާއި ގުޅިގެން ބާއްވާ މި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *