އިބްރާހީމް އިންނަން އައިޝަތު ކިޔާ ކުއްޖަކު ގެނެސްދޭނެ ކަމަށްބުނެ މަކަރުން 16 ހާސް ރުފިޔާ ހޯދި މީހާ ޖަލަށް

އިބްރާހީމް އިންނަން އައިޝަތު ކިޔާ ކުއްޖަކު ގެނެސްދޭނެ ކަމަށްބުނެ މަކަރުން 16 ހާސް ރުފިޔާ ހޯދި މީހާ ޖަލަށް

އިންނާނެ ކުއްޖަކު ގެނެސްދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި އޭގެ ބޭނުން ކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ޖަލު ހުކުމް އަތުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ރ.ހުޅުދުއްފާރު ސަރާ، މުހައްމަދު އަހްސަންގެ މައްޗަށް ދައުލަތުން ކުރީ 'މަކަރާއި ހީލަތް ހެދުން" ފައިސާ ހޯދުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، އެކި ދުވަސް މަތިން ރ.ހުޅުދުއްފާރު މީނާޒް އިބްރާހީމް މުހައްމަދު ކައިވެނި ކުރާނެ މީހަކު ހޯދައިދޭނެ ކަމަށާއ،ި އިބްރާހީމް މުހައްމަދާ ކާވެނި ކުރަން އާއިޝަތު ކިޔާ އަންހެން ކުއްޖަކު އެބަހުރި ކަމަށާއ،ި އިބްރާހީމް މުހައްމަދާ ކާވެނި ކުރަން އޭނާ ގަބޫލު ކަމަށާއި ކާވެނި ކުރުމަށްޓަކައި ހުޅުދުއްފާރަށް އާއިޝަތު ގެނެސްދޭނެ ކަމަށާއި، އާއިޝަތުގެ ބޭނުން ތަކަށް ފައިސާ ބޭނުންވާ ކަމަށްބުނެ، މަކަރާއި ހީލަތުން އިބްރާހީމް މުހައްމަދުގެ އަތުން 16000 ހޯދައި، އޭގެ ބޭނުން ކޮށްފައިވާ ކަމަށެވެ.

ދައުލަތުން ކުރި ދައުވާއަށް މުހައްމަދު އަހްސަން ވަނީ އިއުތިރާފް ވެފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ސުވާލު ކުރުމުންވެސް، އެއްވެސް މަޖުބޫރު ކަމެއްނެތި، ބިރުދެއްކުމެއް ނެތި، ބުއްދި ސަލާމަތުން ހުރެ، އަމިއްލަ އިޚްތިޔާރުގައި އެކަމަށް އިއުތިރާފުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިންނާނެ މީހަކު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި އެ ފައިސާ ބޭނުން ކޮށްފައިވާތީ، މަކަރާއި ހީލަތް ހެދުމުގެ ކުށުން މުހައްމަދު އަހްސަން ކުށްވެރިވާ ކަމަށް ކަނޑައަޅައ،ި މިކުށުގެ އުގޫބާތެއްގެ ގޮތުން 9 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ރ. އަތޮޅު ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *