ފުރާޅުން ޓިނު ނަގައިގެން ސިނގިރޭޓް ކާޓޫން ތަކެއް ވަގަށް ނެގި މީހަކު ޖަލަށް

ފުރާޅުން ޓިނު ނަގައިގެން ސިނގިރޭޓް ކާޓޫން ތަކެއް ވަގަށް ނެގި މީހަކު ޖަލަށް

ފުރާޅުން ޓިނު ނަގައިގެން ފިހާރަ އަކުން ސިނގިރޭޓް ކާޓޫން ތަކަކާއި ސިނގިރޭޓް ފޮށިތަކެއް ވަގަށްނެގި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ރ. ރަސްގަތީމު ރަސްރީތި އިބްރާހިމް ސަފްވާންގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއް ދައުވާއަކީ ބާޒާރުމަތީގައި ހުންނަ "ގޮވެލި" ފިހާރައިން ކެމަލް ހާޑް ބްރޭންޑްގެ 30 ސިނގިރޭޓް ކާޓޫނާއި، ކެމަލް ލައިޓް ބްރޭންޑްގެ ދެ ކާޓޫނާއި ކެމަލް ލައިޓް ބްރޭންޑްގެ 8 ފޮށި ސިނގިރޭޓް ވަގަށް ނަގައިގެން ވައްކަން ކުރުމުގެ ދައުވާއެވެ. އަނެއް ދައުވާއަކީ އެ ފިހާރައިގެ ފުރާޅުން ޓިނުގަނޑެއް ހަލާކު ކޮށްލާފައިވާތީ، މުދަަަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އޭނާވަނީ ދެ ދައުވާއަށް އިއުތިރާފްވެ ދައުލަތާދެމެދު އިއުތިރާފް ގެ އެއްބަސްްވުމެއް ހަދައި ޝަރީއަތަށް ހުށަހަޅައިފައެވެ. އެހެންކަމުން ވައްކަން ކުރުމުގެ ކުށުން އޭނާ ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި، ހަތަރު ކަމާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ.

އަދި ޖަލު ހުކުމްގެ އަދަބު ހަތަރު ދުވަހަށް ގޭބަންދަން ބަދަލުކޮށް 28400 ރުފިޔައިން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ ތެރެގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓިއަށް އެ ފައިސާ ދައްކަން ވަނީ އަންގައިފައެވެ.

މީގެއިތުރުން މުދަަަލަށް ގެއްލުން ދިނުމުގެ ކުށުން ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި، 18 ދުވަހަށް ޖަލަށް ހުކުމްކޮށް، ޖަލު ހުކުމްގެ ބަދަލުގައި 3600 ރުފިޔާއިން ޖޫރިމަނާކޮށް ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ  މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓިއަށް ދައްކަން ވަނީ އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *