ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާާ: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާ ދަނިކޮށް ފެނިއްޖެ

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާާ: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާ ދަނިކޮށް ފެނިއްޖެ

ބުރާސްފަތި ދުވަހުގެ ފަތިހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ފަހު މީހާއެވެ.

އޭނޭގެ ހަށިގަނޑު ފެނިފައިވަނީ، އޮޔާދަނިކޮށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން ބުރާސްފަތި ދުވަހު ބަނޑުން ޖަހާލި ކޮޅުވެއްޓި، "އަލްމާކް-ފިޔަ" އިން ގެއްލުނު މީހުންގެ ތެރެއިން 3 ވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ. ފެނިފައިވަނީ ސްރީލަންކާ ރައްޔިތެކެވެ.

އެމީހާގެ ހަށިގަނޑު ފެނުމާއި ގުޅިގެން އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.

ބަންޑުންޖަހާލި ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ދަތުރުކުރިއިރު، ގެއްލުނީ 3 މީހުންނެވެ. ގެއްލިގެން ހޯދަމުން ދިޔައީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މިހާދިސާގައި ގެއްލުނު އެންމެންވެސް ވަނީ ނިޔާވެފައެވެ. އަދި އަނެއް 4 މީހުން ބަނީ ސަލާމަތްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *