ނަޝީދު، ސަރުކާރަށް: ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލައި، ދަރަނި ކުޑަކޮށްގެން

ނަޝީދު، ސަރުކާރަށް: ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލައި، ދަރަނި ކުޑަކޮށްގެން

ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ދަރަނި ކުޑަ ކުރެވިގެން ކަމަށާއި، އެހެންކަމުން ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވާން އުޅޭ ގޮތް ދިވެހިންނަށް އެނގޭނެ ކަމަށެވެ.

ހަމައެއާއެކު ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތްތަކެއް ކުރިއަށް ހަތަރު ފަސް އަހަރުގެ މުއްދަތަށް ހުއްޓާލުން މުހިންމު ކަމަށާއި، ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"ކުރިއަށް އޮތް އިންތިޚާބުތަކުގެ ޝިއާރަކަށް ވާންވީ 'އިހަށް މަޑުކޮށްލާ'. ދެން ވެރިކަމަށް އަންނަ ރައީސެއް ވަޢުދުވާންވީ މަޑުޖެހިލާން." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކޮންކްރީޓަކީ ގިނަ ފަހަރު ދަރަނި ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ "ބަޖެޓް ސާޕްލަސް (ބާކީ)" އަދި ރިޒާވް އިތުރުކުރުމާއެކު ދަރަނި ކުޑަ ކުރެވިގެން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *