ރައީސްގެ ވައުދު: ނުފުއްދި ހުރިހާ ހުރިހާ ވައުދެއް އަންނަ އަހަރު ފުއްދާނަން

ރައީސްގެ ވައުދު: ނުފުއްދި ހުރިހާ ހުރިހާ ވައުދެއް އަންނަ އަހަރު ފުއްދާނަން

އަންނަ އަހަރަކީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މިހާތަނަށް ނުފުއްދި ހުރި ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް ފަށާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފުނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދުމާއި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށް ކަމަށެވެ.

”ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކޮންމެ އަހަރަކަށްވެސް ތަރުތީބު މި ކުރަނީ މިހެން ހުރި ކަންކަން ފުރިހަމަކޮށްދޭން. އަޅުގަނޑު ވެފައި އޮތް ވައުދަކީ މި އަހަރާއި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން, މިގޮތަށްވީ ހުރިހާ ވައުދެއް ފުއްދުމުގެ އަމަލީ މަސައްކަތް ފަށަން. މި އަހަރު ތެރޭގައި ކަނޑައެޅި ވަރަށް މި މަސައްކަތްތައް މި ފަށަނީ. މި އަންނަ އަހަރު ތެރޭގައި އަދި ބާކީ ހުރި ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް ފެށޭނެ.“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައިވެސް އެންމެ އިސްކަން ދޭނީ ގެދޮރުވެރިކަމުގެ ދާއިރާއަށް ކަމަށާއި އެއަށްފަހު ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއަށް ކަމަށެވެ.

”އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު ވާނީ މި ތަރުތީބުން ކަންތައްތައް ހަމަޖެހިގެން ދިއުމަށް. ރާއްޖޭގެ ރައްޔިތުންނަށް އެދެވޭ ފެންވަރަކަށް ސިއްހީ ކަންތައްތަކެއް ރާއްޖޭގައި ހަމަޖައްސައި ދެވިފައެއް މީގެ ކުރީގައި ނެތް. ތައުލީމީ ގޮތުން ކަންތައްތައް ހަމަޖައްސައި ދެވިފައެއް ނެތް,“ ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *