މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ.
ރޭ ދަންވަރު ހިނގި މިހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން ދަނީ ކުރަމުންނެވެ. މިހާތަނަށް ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު ފެނިފައިވާއިރު، އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައެވެ.
ފުލުހުން ބުނީ އެމީހާ ނެގިއިރުވެސް އޮތީ ނިޔާވެފައިކަމަށެވެ. މީމީހާގެ ހަށިގަނޑު ފެނިފައިވަނީ، ހެނދުނު 8:4 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލިއިރު އޭގައި 7 މީހުން ތިބި ކަމަށެވެ.
ކޯސްޓްގާޑުގެ ޑައިވަރުން މިހާރުވެސް އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެ އެވެ.