މަހުގެ ޑިއުޓީ ކަނޑާލަން ކުރިން ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ސުވާލު ކުރަނީ

މަހުގެ ޑިއުޓީ ކަނޑާލަން ކުރިން ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ސުވާލު ކުރަނީ

މަހުގެ ޑިއުޓީ ކަނޑާލަން ޔޫކޭއިން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުމާބެހޭގޮން ސުވާލު ކުރަން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރު ކުރަން އެޖެންޑާ ކޮށްފިއެވެ.

މިިނިސްޓަރާ ސުވާލު ކުރަން ހަަމަޖެހިފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މީކާއީލް މިނިސްޓަރާ ސުވާލު ކުރަން ހަމަޖެހިފައިވަނީ، ރާއްޖޭން އިނގިރޭސި ވިލާތަށް އެތެރެކުރާ މަހުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާ ލުމަށްޓަކައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރި ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރުމަށް ނިންމާފައިވީއިރ،ު މި އެއްބަސްވުމުގެ މަސައްކަތް އޮތީ ކޮން މަރުޙަލާއެއްގައިތޯ އޮޅުން ފިލުވުމަށެވެ.

އޭގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލހުގެ ވެރިކަމުގައި، ކުރި މަސައްކަތުނ،ް ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާ މަހުން 24 ޕަސެންޓްގައި ނަގަމުން ދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުރުމަށް ނިންމި ނިންމުމާބެހޭ ގޮތުންވެސް ސުވާލު ކުރަން ވަނީ ހަމަޖެިފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޔޫރަޕްގެ ގައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *