13 މިލިއަން ސިނގިރޭޓުގެ މައްސަލަ އާދައިގެ މުވައްޒަފަކަށް ފޫޅުކަނޑާލައިގެން ސަލާމަތެއް ނުވެވޭނެ: އިމްރާން

13 މިލިއަން ސިނގިރޭޓުގެ މައްސަލަ އާދައިގެ މުވައްޒަފަކަށް ފޫޅުކަނޑާލައިގެން ސަލާމަތެއް ނުވެވޭނެ: އިމްރާން

ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ 13.6 މިލިއަން ސިނގިރޭޓްގެ މައްސަލަ އާދައިގެ މުވައްޒަފަކަށް ފޫޅުކަނޑާލައިގެން ސަރުކާރަށް ސަލާމަތެއް ނުވެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު އެކްސްގައި ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި "ބޮޑުންގެ ބަޔަކާ" ގުޅިގެން ރާވައިގެން ވަގަށްނެގި 13.6 މިލިއަން ސިނގިރޭޓުގެ މައްސަލަ އާދައިގެ މުވައްޒަފަކަށް ފޫޅުކަނޑާލާފައި ސަރުކާރަށް ސަލާމަތެއް ނުވެވޭނެ ކަމަށެވެ.

އިމްރާން ވިދާޅުވީ، މިމައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު އޮތް ބަޔަކުލައްވައި މި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށްވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.

މި އަހަރުގެ އޭޕްރީލް މަހު ފެންމަތިވި މި މައްސަލައިގައި، 13 މިލިއަން ސިނގިރޭޓް އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ޕްލައިވުޑް ޝިޕްމަންޓެއްގައި ހުއްޓައެވެ. އެއީ ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ކަސްޓަމްސްއަށް ލިބުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.

ކަސްޓަމްސް އިން ބުނީ ޝިޕްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި މި ޝިޕްމެންޓްގައި ހިމެނޭ 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް ނުވަތަ 13،600،000 މިލިއަން ސިނގިރޭޓް ސްޓިކް ފެނުނު ކަމަށެވެ.

މި ޝިޕްމަންޓްގައި ހިމެނޭ ބްރޭންޑް ތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު އަތުލައިގަނެވުނު ސިނގިރޭޓަށް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް ބުނެފައިވެއެވެ.

ދެ ކޮންޓޭނަރުގައި ހުރި ސިނގިރޭޓްތައް މިހާރު ވަނީ ބަޔަކު ވަގަށް ނަގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *