މި ހަފުތާގައި ވަރަށް ވިއްސާރަ ކުރާނެ، އަންގާރަ ދުވަހު ވައިގަދަވާން ފަށާނެ

މި ހަފުތާގައި ވަރަށް ވިއްސާރަ ކުރާނެ، އަންގާރަ ދުވަހު ވައިގަދަވާން ފަށާނެ

މި ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓު އޮފީހުން މިއަދު ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވަޔާއި ކަނޑުތައް މި މަހުގެ 20 ނިޔަލަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަކުރަމުންނެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ރާއްޖޭގެ އެންމެ އުތުރަށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އަދި އެހެން ހިސާބުތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *