މުޖުތަމައުން އެންމެ އިސްކަމެއް ދޭންވާނީ ގުރުއާނަށް ލޯބި ޖެހިފައިވާ ދަރިންތަކެެއް އުފެއްދުމަށް: ރައީސް

މުޖުތަމައުން އެންމެ އިސްކަމެއް ދޭންވާނީ ގުރުއާނަށް ލޯބި ޖެހިފައިވާ ދަރިންތަކެެއް އުފެއްދުމަށް: ރައީސް

ގުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމައުއަކުން އެންމެ އިސްކަން ދޭންޖެހޭނެ ކަންތައްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރީތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރިންނަކީ ގުރުއާން ކިޔަވަން ބޭނުންވާ، އަދި އެއީ ފަހުރެއްގެ ގޮތުގައި ދެކޭ ދަރިންތަކެއް ބިނާކުރަން ޖެހޭ ކަމަށެވެ.

ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ އަމިއްލަ ފަރާތްތަކުންވެސް އިސްކަންދޭންވީ ގުރުއާނުގެ ހަމަތަކާއި އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލްކަންދޭ ދަރިތަކެއް އުފެއްދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

‎ރައީސް ވަނީ ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

‎އެގޮތުން ދެނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިންގުރުއަން ކިޔަވަން ތިބި ޒަމާނަކީ، އެ އާދަތައް އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދަތަކެއްކަމަށް ވިދާޅުވިއެވެ. ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް، މިއީ ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއްގޮތުގައި ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

‎ރައީސް ވިދާޅުވީ ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފަވާ ކަންކަމަކީ ފަރުވާ ކުޑަކުރާ ކަންކަމަށްވެއްޖެނަމަ، ގައުމުގައި ފާގަތިކަމާ އަމާންކަން ނޯންނާނެކަމަށެވެ. އިންސާނާގެ ސިކުނޑިއާ ހިތާ އަމަލުން އަންނަ މި ތަރައްގީއަކީ، މާނަހުރި ފުން، ވަށާޖެހޭ ތަރައްގީކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *