އޮޑިޓް އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އޮޑިޓް އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އަންނަ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓް ކުޑަކުރަން ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ގާނޫނުއަސާސީ ބުނާގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސް ކުރަނީ ދައުލަތުގެ ބަޖެޓާ ވަކިން އެ ބަޖެޓްގެ ކުރިންނެވެ.

އެގޮތުން އަންނަ އަހަރަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ. އެބަޖެޓާއި ބެހޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބަޖެޓާ ބެހޭގޮތުން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ހިމެނޭ މައުލޫމާތުތައް އިދާރީ މޭޒުން ކޮމިޓީއާ ހިއްސާ ކުރިއެވެ.

އެ ސީޓިގައި ފިނޭންސް މިނިސްތަރު އެދިވަޑައިގެންފައި ވަނީ 9.2 މިލިޔަން ރުފިޔާއާ އުނިވާނެ ގޮތަށް އެކި ދިމާލުން ޚަރަދުތަށް ކުޑަ ކުރުމަށެވެ. އެގޮތަށް ހަރަދުތައް ކުޑަކުރާނެ ދާއިރާތުގެ ތެރޭގައި، އޯވަރ ޓައިމްގެ ފައިސާ އާއި ދަތުރު ފަތުރުގެ ޚަރަދާއި އޮފީސް ބޭނުމަށް ހޯދާ ތަކެއްޗާއި ތަމްރީން ޕްރޮގްރާމް ތަކުންނާއި، މަރާމާތާއި ހަރުމުދަލުގެ ބައި ހިމެނެއެވެ.

ނަމަވެސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަަމްދުއަބްދުﷲ ތާއީދު ކުރައްވައިގެން 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮޑިޓާ ޖެެނެރަލްގެ އޮފީހަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.

އެއީ ރިކަރަންޓް ޚަރަދަށް 89 މިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދަށް 3 މިލިޔަން ރުފިޔާ ހިމަނައި، އޮޑިޓް އޮފީހުގެ އާ އިމާރާތައް ޕީއެސްއައިޕީގައި ހިމެނޭ 41.5 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *