61 ކިލޯ ޑްރަގް އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރި މީހާގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

61 ކިލޯ ޑްރަގް އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރި މީހާގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

ދޯންޏެއްގައި 61 ކިލޯގެ ޑްރަގް ރާއްޖެ އެތެރެ ކުރުމުގައި އިސްކޮށް ހުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ އަހުމަދު ވިސާމް، މ. ބޮއިލިންފިޝްގެ މައްޗަށް އުފުލި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެއް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

މިއީ ދައުލަތުން 2017ގައި އޭނާގެ މައްޗަށް އުފުލި ދައުވާ އެކެވެ. މި ދައުވާ ވިސާމްގެ މައްޗަށް އުފުލަނީ ސައިކަލަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ވިސާމްގެ ބެލުމުގެ ދަށުގައިވާ ތަކެތިކަން ސާބިތުނުކޮށްދެވޭތީ އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 2020 ވަަނަ އަަހަރު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ވަނީ، ޕީޖީން މައްސަލަ ދޫކޮށްލާފައިވާ ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޕީޖީން މައްސަލަ ދޫކޮށްލީ މި މައްސަލަ ހިނގިތާ 8 އަހަރު ވެފައި ވާތީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރިތާވެސް 5 އަހަރު ވެފައިވާތީ ކަމަށް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *