ކ. ތުލުސްދޫ / ބިޖިލީއުފ،ާ އަލީ ޝިހާމް މަރައިލި މައްސަލަ ސާބިތުވެ، ލ. ތުލުސްދޫ ރެޑްރޯސް މުހައްމަދު ނިޔާޒުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ކަށަވަރު ކުރަން، ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކުރިމިނަލް ކޯޓުން މެރުމަށް ހުކުމްކޮށް، ހައިކޯޓުގެ އިސްތިއުނާފުގައި އެކޯޓުން ތާއީދުކުރާ މަރުގެ ހުކުންތައް، އެ މައްސަލަ ރައްދުވާ ފަރާތުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި އިސްތިއުނާފް ނުކޮށްފިނަމަ، ދައުލަތުން އެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާން ޖެހެއެވެ.
އެގޮތުން ނިޔާޒުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމްގެ މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅުއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އާއިޝަތު ރީޝާ މިއަދު ވިދާޅުވީ، މަރުގެ އަދަބު ހިމެނޭ މައްސަލަތައް، އޭގެ ޒާތުގައި އިސްތިއުނާފް ކުރުމަށް ގާނޫނުލް އުގޫބާތުގައިވާ ގޮތުގެމަތިން، އިސްތިއުނާފު ކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިިއުޓާ ޖެނެރަލް ހުށަހެޅުއްވާނެ ކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮތް މުއްދަތުގައި މި މައްސަލަ ރައްދުވާ ނިޔާޒުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހުށަަހޅުއްވަމުން ރީޝާ ވިދާޅުވި މިއީ 31 ޖުލައި 2014 ވަނދުވަހުގެ 18:50 އެހާކަންހާއިރު އަލީ ޝިޔާމް، ތުލުސްދޫ، ދުއްފަޅުގޭގެ އިރުއުތުރު ފަރާތުގައި އޮތް ހުސްބިމެއްގައިހުރި ގަހެއްގައި އެލުވާފައިހުރި ޖޯއްޔެއްގައި އޮއްވާ ނިޔާޒު އަލީޝިހާމްގެ މެޔަށް ހަމަލާދީ މަރައި މައްސަލައެއއް ކަމަށެވެ.
މި ދައުވާއަށް ޖަވާބުދާރީވަމުން ދައުވާގައިވާ ފަދައިން އެކަމަކީ އެމަކީ ކޮށްފައިވާކަމެއްކަމަށާއި އަދިއ އެ ކަަމަކީ އޭނާގެ ހިތުގައި ޝިހާމާމެދު އޮތް ނަފްރަތެއް ބޮޑުކަމުން ކުރިކަމެއް ކަމަށާއި، ޑިހާމް ޖޯލީގައި އޮއްވާ ގެއަށް ގޮސް 11 އިންޗީގެ ވަޅިއެއް ހފައިގެންގޮސް ޗިހާމްގެ މެޔަށް ވަޅި ޖެހުމަށްފަހު ގެއަށް ދިޔައީ ކަމަށްވެސް ބުނެފައިވެއެވެ.
އޭރު ޝިހާމް ހަޅޭއްލަވައިގެން ދުއްވައިގަތްކަން އެނގޭ ކަމަށާއި ނަމަވެސް އޭނާގެ ހަަކާތަށް ނުބަލައި ގެއަށްގޮސް، އޭނާގެ މަންމަ ކައިރީގައި އެގޭ އެންމެނަށް އަޑުއިވޭގޮތަށް އެ ވާހަކަ ދައްކާފައިވާ ކަަމަށާއި، ރައްޓެހިވެގެންއުޅޭ ކުއްޖާއަށް ގުޅާފައި އެވާހަކަ ކިޔައިދިން ކަަމަށްވެސް ބުނެފައިވެއެވެ.
އެއަށްފަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެ ކަންތައް ހިންގިގޮތް ކިޔައިދީފައިވާނެކަމަށާއި، ޝިހާމަށް ވަޅިން ހަމަލާދިނީ މަރާލުމުގެ ގަސްތުގައިނޫން ކަމަށާއި، ނަމަވެސް އޭނާ މަރުވިކަމަށްބުނެ ކުރި ދައުވާގެ އަސްލަށް އިއުތިރާފްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ރީޝާ ވިދާޅުވީ ގިސާސް ހިފުން އޮންނަނީ، މަރުވި މީހާގެ ވާރިސުން އެކަމަށް އެދިއްޖެނަމަ ކަމަށެވެ. މި މައްސަލައިގައި މަރުވެފައިވަ ޝިހާމްގެ ވާރިސުން އެދިފައި ވަނީ ގިސޯސް ހިފުމަށް ކަމަށާއި، އެއްވެސް ވާރިސަކު ނިޔާޒަށް މާފު ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގިސާސް ނޫން އެެހެން ބަދަލެއްގެ މައްޗަށް އެއްވެސް ވާރިސަކު ސުލްހަ ވެފައިނުވާ ކަމަށާއި، އެކަންކަމަށް ނިޔާޒުގެ ފަރާތުން ސުވާލު އުފައްދާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ނިޔާޒުގެ މައްޗަށް ގިސާސް ހިފުމަށް ލާޒިމުވާ ސައުރުތައް އެ މައްސަލައިގައި ފުރިހަމަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އަމިއްލަ އިއުތިރާފުންނާއި، ހުށަހަޅާފައިވާ ހެކިތަކުން ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްކީ ގާޏޫނުލް އުގޫބާތުގެ ދަށުން ކޮށްފައިވާ ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ނިޔާޒު މެރުމަށް ކުރިމިނަލް ކޯޓުން ހުކުންކޮށް، ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ، ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއްކަމަށް ސުޕްރީމްކޯޓުން ކަނޑައަޅުއްވައި ދެއްވުމަށް ވެސް އެދުނެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު، މި މައްސަލއިގައި މީހެކުރިންވެސް ނިޔާޒު ވަކީލަކު ބޭނުން ކޮށްފައިނުވާކަން ފާހަކަ ކުރައްވައި، އަދިވެސް ވަކީލަކު ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށާއި، އެ ފުރުސަތު ބޭނުންވޭތޯ އާއި މާލީ ތަނަވަސްކަން ނެތްނަަމަ ދައުލަތުން ވަކީލަކު ހަމަޖައްސައި ދެއްވާނެކަމަށް ވިދާޅުވި ނަމަވެސް ނިޔާޒު ބުނީ ވަކީލަކު ބޭނުންނޫން ކަަމަށެެވެ.






