މުދައްރިސުންގެ ޚިދުމަތް މާއްދީ އެއްޗަކުން އަގެއް ނުކުރެވޭނެ: ރައީސް

މުދައްރިސުންގެ ޚިދުމަތް މާއްދީ އެއްޗަކުން އަގެއް ނުކުރެވޭނެ: ރައީސް

މުދައްރިސުންގެ ޚިދުމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގު ނުކުރެވޭނެ، ގަދަރުވެރި އަދި ފަހުރުވެރި ހިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ. ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ ހިދުމަތެއް ކަމަށެވެ.

މާދަމާ ގައުމުގެ ދިދަ އުފުލާނެ ޢަޒުމު ވަރުގަދަ އަދި ހިތްވަރުގަދަ ކުދިން ތިބީ މިއަދު މަދުރަސާގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހީން އެދޭ ފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތު ކުރެވޭނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތައުލީމާއި އޯގާތެރިކަމަކުން ކަމަށެވެ. އެހެންވެ، ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *