މުޒާހަރާގައި އެލްއާރްއޭޑީ ބޭނުންކުރި ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ: ޝާހިދު

މުޒާހަރާގައި އެލްއާރްއޭޑީ ބޭނުންކުރި ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ: ޝާހިދު

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކޮށްފައިވާއިރު އެފަރާތްތައް އެކަމަށް ޒިންމާކުރުވައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.

ޝާހިދު ވިދާޅުވީ "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން ރޭ ބޭއްްވި މުޒާރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކޮށްފައިވާތީ އެކަން ފާހަގަ ކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ، އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއި، ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޑރ. މުއިއްޒުގެ ސަރުކާރުން އެލްއާރްއޭޑީ ބޭނުންކޮށްފައިވާ ކަމަަށާއި، އެއީ ދެކޮޅު ހައްދަވާ ކަމެއް ކަަމަށެވެ.

"އެލްއާރްއޭޑީ އިން 170 ޑެސިބަލް އަށް ވުރެ ގިނަ އަޑުތައް އުފައްދާއިރު، އޭގެ ސަބަބުން ދާއިމީ ގޮތެއްގައި އަޑު އިވުމުގެ ސަބަބުން ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. މީގެ އިތުރުން، ކުރިން ޓްރޯމާ ތަޖުރިބާ ކޮށްފައިވާ މީހުންނަށް އެންޒައިޓީ، ބިރުވެރިކަމާއި، ޓްރޯމާ ފަދަ ކަންކަން ކުރިމަތި ކުރުވައެވެ.،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، މި ޑިވައިސްތައް ބޭނުން ކުރުމަކީ ރައްޔިތުންގެ އިޚްތިޔާރު ނިގުޅައިގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *