ޓެކްސް ޓްރައިބިއުނަލަށް ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި މަހާޒާއި އާޝިޔާގެ ނަން

ޓެކްސް ޓްރައިބިއުނަލަށް ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި މަހާޒާއި އާޝިޔާގެ ނަން

ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ ދެ މެމްބަރުން ހޮވުމުގައި ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ލިސްޓުގެ އެންމެ ކުރީގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ދާދިފަހުން ވަކިކޮށްފައިވާ މަހާޒް އަލީ ޒާހިރު ހިމެނިއްްޖެއެވެ.

ޖުމްލަ 7 ބޭފުޅަކު ކުރިމަތި ލެއްވި މި ދެމަގާމަށް ކުރިމަތި ލެއްވި ހުރިހާ ބޭފުޅުންގެ ނަންވެސް ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. ނަމަވެސް ރައީސް އިސްކަން ދެއްވި ތަރުތީބަށް ބަލާއިރު އެންމެ ކުރީގައި އޮތީވެސް މަހާޒްގެ ނަމެވެ. ދެވަނަ ނަމަކަށް ރައީސް ހިމަނުއްވާފައި އޮތީ ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ހަތް ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން ދެން އޮންނާނީ އެކަމާމެދު ގޮތެއް ނިންމައި، މަޖިލީހުން ރުހުން ދޭން ފެންނަ ދެ ނަމެއް ރައީސަށް ފޮނުއްވުމެވެ.

ކުރީގެ ފަނޑިޔާރު މަހާޒްއަކީ ޖޭއެސްސީން ބަލަމުންދިޔަ ސުލޫކީ މައްސަލައެއްގައި ވަކި ކުރައްވާފައިވާ ބޭފުޅެކެވެ. މަހާޒްއާއެކު އޭރު ޑރ. އަޒަމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީން ބަލަން ފެށިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ މަހާޒު އަލީ ޒާހިރާ އެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

މަހާޒް އާއި އާޝިޔާގެ އިތުރުން ދެން ފޮނުއްވި ނަންތައް:

– އިބްރާހިމް އަފީފު- ގުލްބަހާރުގެ/ ބ. ތުޅާދޫ

– ޝިފާޒް އަލީ- ދަފްތަރު ނަމްބަރު (12504)

– ފާތިމަތު ނައުޝާން- ޅ. ނައިފަރު، ފިޔާތޮށިގެ

– އަހުމަދު ޔާމީން- ބީޗްކޯނަރު، ގދ. ގައްދޫ

– ޝައުފާ އިބްރާހިމް- އަކިރިވިލާ، ދ. މީދޫ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *