އަނގައަށްލައި ފޮރުވައިގެން ޑްރަގު އެތެރެކުރި މީހަކު ހައްޔަރު ކޮށްފި

އަނގައަށްލައި ފޮރުވައިގެން ޑްރަގު އެތެރެކުރި މީހަކު ހައްޔަރު ކޮށްފި

އަނގައިގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީނާ ރާއްޖެއިން ބޭރުން އައިއިރު މީނާގެ އަނގައިގެ ތެރޭގައި ފޮރުވައިގެން ގެނެސްފައިވާ މަސްތުވާތަކެތީގެ ދެ ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ޏ.ފުވައްމުލައް މިސްކިތްމަގު، މުހީން އިބްރާހިމް ދީދީއެވެ.

މިކަން މީނާ ހިންގާފައިވާގޮތަށް ބަލާއިރ،ު މިއީ ގިނަ އަދަދަކަށް މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ ބޭނުމުގައި ޓެސްޓަކަށް ކުރިކަމެއް ކަމަށް ބެލެވޭކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފެނުނު މަސްތުވާތަކެތީގެ ބަރުދަން ލުއިނަމަވެސ،ް މީނާ ބަންދުން ދޫކޮށްލައިފިނަމަ މިފަދަ ކުށެއް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަނދު ކުރުމަށް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އޭނާ ވަނީ ކުށަށް އިއުތިރާފްވެ ތަހުގީގަށް ބަޔާންވެސް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *