ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ލިބުނު ކަމަށެވެ.
މިހާދިސާގައި ހަމަލާދީ ޒަހަމްކޮށްލީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެކަމަކު އޭނާއަށް ހަމަލާދިނީ ކާކު ކަމެއް އަދި ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.






