ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 15 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސިނގިރޭޓް އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިއީ 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަމަށެވެ. ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑު މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސް ކުރުމުގެ ތެރެއިން ކަމަށެވެ. މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށްވެސް ކަސްޓަމުން ބުންޏެވެ.
މި މައްސަލަ މިހާރު ގެންދަނީ ކަސްޓަމްސްއިން އިތުރަށް ގެންދަނީ ތަހުގީގު ކުރަމުންނެވެ.