ގާސިމަށް އައިޖީއެމްއެޗުގައި ފަރުވާ ދެނީ

ގާސިމަށް އައިޖީއެމްއެޗުގައި ފަރުވާ ދެނީ

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ވިލާގެ ޗެއާމަން، އަދި މާމިނގިލީދާ އިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

އުރުފުޅުން 74 ގެ ގާސިމްގެ ހާލުކޮޅު ހޯސްވީ އަމިއްލަ ފުޅު ރިސޯޓް ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް އިއްޔެއެވެ.

އެކަމާގުޅިގެން ފްލައިޓަށްވެސް ނާރުއްވައި، މާލެ ވަޑައިގަތީ ލޯންޗެއްގައެވެ. އައިޖީއެމްއެޗަށް ވަޑައިގަތުމާއެކު، އެޑްމިޓްކޮށް ގާސިމަށް ފަރުވާދޭން ފެށިއެވެ.

ގާސިމްގެ އާލާސްކަންފުޅާ ގުޅޭ ތަފުސީލެއް ހާމައެއް ނުކުރި ނަމަވެސް މިހާރު ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *