މަގުމަތިން ދިޔަ އަންހެނެއްގެ ގައިގައި ޖަހައި ވައްޓާލި މީހަކު 4 މަހަށް ޖަލަށް

މަގުމަތިން ދިޔަ އަންހެނެއްގެ ގައިގައި ޖަހައި ވައްޓާލި މީހަކު 4 މަހަށް ޖަލަށް

މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ޖަހާ ވައްޓައިލި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގެ ދައުވާގައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ޏ. ފުވައްމުލަކު ދަނޑިމަގު ސައިކަސް އާއިޝަތު ސިމާނާ މަޖީދީމަގުން އިރުން ހުޅަނގަށް ޕޭމަންޓް މަތިން "ރެޑްވޭވް އެކްސްޕްރެސް" ކައިރިން ހިނގާފައި ދަނިކޮށް، ހ. ހަތްކޮޅު މުހައްމަދު ޝާފީގެ ވައަތު ފައިން ސިމާނާގެ ގައިގައިޖެހި ކަމަށެވެ. އެކަމުގެ ސަބަބުން ސިމާނާ ބިން މައްޗަށް ވެއްޓި ކަކޫ މަށައިގެން ގޮސް އަނިޔާވި ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ޝާފީގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާއަށް ކޯޓުގައި ޖަވާބުދާރީ ވަމުން ދައުވާއަށް އިންކާރުކޮށް ޝާފީ ބުނެފައި ވަނީ އޭނާ ހިނގާފައި ދަނިށޮށް ސިމާނާ އައިސް ޝާފީގެ ކުރިމައްޗަށް އެރުމުން އައި ރުޅީގައި ސިމާނާގެ ގައިގައި ޖެހީ ކަމަށެވެ. ނަމަވެސް ޖެހީ ގަސްތުގައި ނޫން ކަމަށާއި ރުޅި އައިސްފައި ހުރުމުގެ ސަބަބުން ޖެހި ވަގުތު އެ ކުރެވުނީ ކީއްކަން ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ފްޓޭޖު ތަކުން، ވައަތު ފައިން ސިމާނާގެ ގައިގައި ޝާފީ ޖަހާ މަންޒަރު ފެނެއެވެ.

މި ދައުވާގައި ދެފަރާތުގެ ވާހަ ތަކަށާއި ހެކިތަކަށް ބެލުމަށްފަހު، ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ، އަނިޔާއެއް ދިނުމުގެ ކުށުން ޝަފީ ކުށްވެއްރި ވެއްޖެކަމަށް ކަނޑައަޅައި4މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ. އަދި ހުކުމް ކުރުމުގެ ކުރިން މި މައްސަލައިގައި ޝާފީ ބަންދުގައި ހުރި މުއްދަތު ޖަލު އަދަބުން އުނި ކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ ދެ މަހާއި 22 ދުވަހުގެ ޖަލު އަދަބެއް ކަަމަށްވެސް ހުކުމުގައި ކަނޑައަޅާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *