ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ އިސްލާމްއާބާދަށް ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ބަޔެއް މެމްބަރުން ވެސް ވަޑައިގެންނެވި އެވެ.
މަޖިލީހުގެ ރައީސް ފުރާވަޑައިގެންނެވިއިރު، ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.