ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގެ ގަޑި އާއި އެޖެންޑާ އަދި ހާމަނުކުރޭ

ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގެ ގަޑި އާއި އެޖެންޑާ އަދި ހާމަނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ޚާއްސަ ޖަލްސާއެއް ބާއްވާން މަޖިލީހުގެ އިދާރާއިން ނިންމާފައިވީ ނަމަވެސް، މިއަދުގެ ޖަލްސާ ފަށާނެ ގަޑި އަކާއި ޖަލްސާގެ އެޖެންޑާ އަދިވެސް މަޖިލިސް އިދާރާއިން ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ ރަސްމީ ޖަލްސާތައް އާންމު ގޮތެއްގައި ފަށަނީ ހެނދުނު 9 ޖަހާއިރުއެވެ. ނަމަވެސް ދައުރުން ބޭރުގައި ބާއްވާ ޚާއްސަ ޖަލްސާތައް އެކިދުވަހު އެކި ވަގުތުގައި ފަށާފައި އެބަހުއްޓެވެ.

މިއަދު ބާއްވާ ޖަލްސާގެ ގަޑި އާއި އެޖެންޑާ ހާމަ ނުކުރި ނަމަވެސް، މިވަގުތު މަޖިލީހުގައި އޮތް އެންމެ އިސްކަމެއްދޭ ބިލެއް ކަމަށް ބެލެނިފައި ވަނީ މީޑިޔާ ބިލެވެ. އެ ބިލު އިއްޔެ ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްވެސް ކޮށްފައެވެ. އެހެންކަމުން ދެން އެ ބިލު ދާނީ ސީދާ މަޖިލީހުގެ ތަޅުމަށެވެ.

އިއްޔެ ކޮމިޓީން އެ ބިލު ފާސްކޮށްފައި ވަނީ އެންމެ ފުރަތަމަ ހުށަހެޅި ބިލަށް ކޮންމެވެސް ވަރެއްގެ އިސްލާހުތަކެއް ގެނެސްގެންނެވެ. ނަމަވެސް ބިލާމެދު މީޑިޔާތަކާއި ނޫސްވެރިންގެ އިތުރުން ބަޔެއް އާންމުން އަދިވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *