ޕީއެންސީ ދެކޭގޮތުގައި އެމްޑީޕީގައި ތިބީ ދިވެހި ރައްޔިތުންނެއް ނޫން: ރީކޯ

ޕީއެންސީ ދެކޭގޮތުގައި އެމްޑީޕީގައި ތިބީ ދިވެހި ރައްޔިތުންނެއް ނޫން: ރީކޯ

އެމްޑީޕީގައި ތިބީ ދިވެހިރައްޔިތުން ނޫންކަމަށް ޕީއެންސީން ދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިހެން ވިދާޅުވެފައިވަނީ، މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ގޮތުން “ހިޔާލާއި ފިކުރު ކަފުނަށް” ނަމުގައި އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ފޯރަމަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ނުލިބޭ ކަމަށާއި، އެތަނުގައި ތިބީ އެމްޑީޕީ މީހުން ކަމަށް ޕީއެންސީގެ އިސް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މޫސަ ވިދާޅުވީ، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ވުޖޫދު ކުރުމުގައި އެމްޑީޕީ އިސްވެއޮވެ ކުރި މަސައްކަތަކީ ރައްޔިތުން ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނޫސްވެރިންވެރިގެ ފަހަތަށާއި، އަނިޔާ ލިބޭ ކޮންމެ މީހެއްގެ ފަހަތަށްވެސް އެމްޑީޕީ އަރާނެ ކަމަށް މޫސަ ވިދާޅުވިއެވެ. އެގޮތުން ރައީސް މައުމޫނަށް އަނިޔާ ލިބެން ފެށުމުން އެމަނިކުފާނުގެ ދިފާޢުގައިވެސް ނިކުތީ އެމްޑީޕީކަން މޫސަ ފާހަގަ ކުރެއްވިއެވެ.

“ވެރިކަންކުރާ ޕާޓީގެ މީހުން ދެކޭގޮތުގައި އެމްޑީޕީގައި މިތިބީ ދިވެހި ރައްޔިތުންނެއް ނޫން. ވެރިކަމުގައި ތިއްބެވިޔަސް މިޤައުމުގެ ރައްޔިތުންގެ ޙައިސިއްޔަތު ކަނޑައަޅަން ނޫޅޭށެވެ.” މޫސަ ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *